ކުޅުދުއްފުށީ އެއާޕޯޓް

ކުޅުދުއްފުށީގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވީ މީހާ އިންޑިއާއަށް ގެންދަނީ

ހދ. ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވީ މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވީ 37 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ އިތުރުން ދެން އަނިޔާވީ އަންހެނަކާއި ދެ ފިރިހެނަކަށެވެ.

ހާލު ސީރިއަސްވި މީހާއަށް އިތުރު ފަރުވާ ދިނުމަށް އޭނާ އިންޑިއާ އަށް ގެންދިއުމަށް އާއިލާ އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހާލު ސީރިއަސްވި މީހާއަށް އިތުރު ފަތުރުވާ ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ގެނައީ ދިވެހި ސިފައިންގެ ޑޯނިއާ މަތިންދާ ބޯޓު ގައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ސިފައިންގެ އިންވެސް ބުންޏެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި އެއާޕޯޓްގައި ތަމްރީން ތަކުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވީ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ކުޅުދުއްފުށި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިންނެވެ.