ކުޅުދުއްފުށީ އެއާޕޯޓް

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީ

ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ވަނީ އެ އެއާޕޯޓުގައި 11،345 އަކަފޫޓުގެ ޕަސެންޖާ ޓާމިނަލެއް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފަ އެވެ.

މި މަޝްރޫއުގެ ދަށުން ޓާމިނަލްގައި ޝޭޑިން އޭރިއާއެއްލުމަށް ހަމަޖެހިފައިވާއިރު މިހާރު ހުރި އިމާރާތްތަކަށް ގެންނަންޖެހޭ ސްޓްރަކްޗަރަލް ބަދަލުތައް ގެނައުން ހިމެނެ އެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރަން ފެށީ އޮކްޓޫބަރު 28، 2017 ގަ އެވެ. އެއާޕޯޓް ރަސްމީކޮށް ހުޅުވީ ސެޕްޓެމްބަރު 21، 2018 ގަ އެވެ. ނަމަވެސް ރަސްމީކޮށް ދަތުރުތައް ފެށީ އޮގަސްޓް ނުވައެއް، 2019ގަ އެވެ.