އަލީ ވަހީދު

އެޓޯލްސް އެފްސީގެ ކޯޗަކަށް އަލީ ވަހީދު

އެޓޯލްސް އެފްސީގެ ކޯޗު އަލީ ވަހީދާއި އޭނާގެ އެސިސްޓެންޓް އަހްމަދު ނިޔާޒް
100%
0%
0%

އެޓޯލްސް އެފްސީގެ ހެޑް ކޯޗަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ހަމަޖައްސައިފި އެވެ.

އެޓޯލްސް އެފްސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރޭގެ ވަގުތެއްގައި ވަނީ ރަސްމީކޮށް މިކަން އިއުލާންކޮށްފަ އެވެ.

ބަލަކް ހެޑް ކޯޗަކަށް ހަމަޖެއްސިއިރު އޭނާގެ އެސިސްޓެންޓަކަށް ހަމަޖައްސާފައިވަނީ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އަހްމަދު ނިޔާޒް (ނިޔައްޓޭ) އެވެ.

އެޓޯލްސް އެފްސީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތެރެއަށް އަލަށް ވަންނަން މަސައްކަތް ކުރާ ކްލަބެކެވެ.

އަލީ ވަހީދު އިސްވެ ހުންނަވައިގެން އެޓޯލްސް އެފްސީ އުފައްދައި ރަސްމީކޮށް ލޯންޗުކޮށްފައިވަނީ މިއަހަރުގެ ޖުލައި 20 ވަނަ ދުވަހު އެވެ.

އެޓޯލްސް އެފްސީގެ ހެޑް ކޯޗުގެ މަގާމާ އަލީ ވަހީދު ހަވާލުވެފައި މިވަނީ އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނަށް ކޯޗު ކޮށްދިނުމަށްފަހު އެވެ.

މީގެކުރިން އަލީ ވަހީދު ވަނީ ނިއުރޭޑިއަންޓާއި ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމާއި ނިއުރޭޑިއަންޓްގެ ޗެއާމަންގެ މަގާމުވެސް ފުރާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345