މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފުރަތަމަ ޓާމްގެ މެދުން ބަންދުކުރި ސްކޫލުތައް އަލުން ހުޅުވައިފި

ހިނގަމުންދާ ދިރާސާ އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށްފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ދަރިވަރުންނަށް މިޑް ޓާމް ބްރޭކް ދީފައިވަނީ މިމަހުގެ 15 އިން އިއްޔެގެ ނިޔަލަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ އަލުން ކިޔެވުން ފެށިފަ އެވެެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވާނީ މިއަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ. ދެވަނަ ޓާމުގެ ކިޔެވުން އަލުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 ދަރިވަރުންނާ އެކު އެވެ. އެގޮތުން ސަރުކާރުގެ 216 ސްކޫލެއްގައި 73،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު މީގެތެރެއިން 25،000 އަށްވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.