ދުނިޔެ

ޔަހޫދީން ޣައްޒާއަށް ބޮންއަޅައި 26 މިސްކިތެއް ބިމާހަމަކޮށްފި

ޣައްޒާއަށް ޔަހޫދީ ޖެޓުތަކުން ބޮންއެޅުމުގެ ސަބަބުން މިސްކިތެއް ބިމާ ހަމަވެފައި
0%
0%
100%

ޔަހޫދީ އަސްކަރިއްޔާ އިން އޮކްޓޮބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 26 މިސްކިތަކަށް ބޮންއަޅައި ބިމާހަމަކޮށްލައިފި އެވެ.

ޣައްޒާގެ އެންޑޯމެންޓްސް އެންޑް ރެލިޖަސް އެފެއާޒް މިނިސްޓްރީން ހާމަކުރި ގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި އިތުރު އެތައް މިސްކިތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޔަހޫދީ ހަނގުރާމަތީ ބޯޓުތަކުން މިނިސްޓްރީގެ އިދާރީ އޮފީހަށާއި ގުރުއާން ރޭޑިއޯ ސްޓޭޝަނަށްވެސް ވަނީ ހަމަލާދީފަ އެވެ.

ޣައްޒާއިން މިހާރު ވަނީ އިސްމާލީ ބައިނަލްއަގްވާމީ ޖަމާއަތްތަކަށް މި މައްސަލަ ހުށަހަޅާފަ އެވެ. އަދި އާންމުން އަޅުކަންކުރާ އިމާރާތްތަކާއި މިސްކިތްތަކަށް ހަމަލާދިނުން ހުއްޓުވައި ދިނުމަށްވެސް ވަނީ އެދިފަ އެވެ.

ޔަހޫދީ ދައުލަތުން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާދެމުން އަންނަތާ މިއަދަށް 15 ދުވަސްވީ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުން 4،385 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި 1،756 ކުޑަކުދިންވެސް ހިމެނެ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޒަހަމްވާ މީހުން ކޮންމެ ދުވަހަކު ޖެހެނީ އަދަދުކުރާށެވެ. ހަނގުރާމަ ނިމުމުން ނޫނީ އަސްލު އަދަދު ކަށަވަރުކުރުން ނާދިރުކަމަށް ވާނެ އެވެ.

ހަމާސް އިން ބުނާ ގޮތުން ޔަހޫދީ އާބާދީތަކަށް ހަމަލާދޭން ޖެހުނީ ޔަހޫދީ ދައުލަތުން ފަލަސްތީންގެ ބިންތަކުގައި އާބާދީތައް އަޅައި ފުޅާކުރަމުން ގެންދާތީ އެވެ. އަދި މަސްޖިދުލް އަގްސާއަށް ޔަހޫދީން ވަދެގަނެ އިމާރާތަށް ގެއްލުންދީ ނަމާދަށް ތިބޭ މީހުންނަށް ޖިސްމާނީ އަނިޔާ ދޭތީ އެވެ.

ޔަހޫދީ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔޫގެ ސަރުކާރުގައި ހިމެނޭ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގަވީރުގެ އަމުރަށް ޔަހޫދީ ސިފައިން ފަލަސްތީންގެ ޖެނިން އާއި ހުޅަނގު ސަހަރާގައި އާންމުން ދިރިއުޅޭ ގެތަކަށް ވަދެ ދަނީ ޖަރީމާތައް ހިންގަމުންނެވެ.

މަސްޖިދުލް އަގްސާއަށް ނަމާދަށް ދާ މީހުންނަށް ހުރަސްއަޅައި ގަޔަށް ކުޅުޖައި ހިންގާ ޔަހޫދީ އަލަމުތަކުގެ ސަބަބުން ފަލަސްތީންގެ އެތައް ބަޔަކު ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345