ފިނިޕޭޖް

މެރީލް އާއި ޑޮން 45 އަހަރު ފަހުން ވަކިވެއްޖެ

މެރީލް ސްޓްރީޕް އަދި ފިރިމީހާ ޑޮން ގަމާ
100%
0%
0%

އެކްޓްރެސް މެރީލް ސްޓްރީޕް 74، އާއި ފިރިމީހާ ޑޮން ގަމާ 76، ވަކިވެއްޖެ އެވެ.

މެރީލްގެ ތަރުޖަމާން ޕީޕަލްއަށް ދިން ބަޔާނެއްގައި ބުނީ ދެމީހުންގެ މެދުގައިވާ ލޯބީގެ ގުޅުން ނިމުނުތާ ހަ އަހަރުވެއްޖެ ކަމަށާއި ދެމީހުން ބޭނުންވެގެން ދިރިއުޅުން ވަކިން ކުރިއަށް ގެންދިޔަ ނަމަވެސް ދެމީހުންގެ މެދުގައި އޯގާތެރިކަން އެބައޮތް ކަމަށެވެ.

ސްޕޭންގައި މިދިޔަ ހުކުރު ދުވަހު އޮތް ޕްރންސޭސާ ޑީ އަސްޓޫރިއަސް އެވޯޑްސް ހަފްލާއަށް މެރީލް ދިޔައިރު ހުރީ ކައިވެނީގެ އަނގޮޓި އަޅައިގެންނެވެ.

މެރީލް އާއި ޑޮން ހަތަރު ކުދިންނާއެކު

މެރީލް އާއި ޑޮން ދިމާވީ 1978 ގައެވެ. މެރީލް އޭރު ހުރީ ލޯބިވެރިޔާ އެކްޓާ ޖޯން ކެޒޭލް، ލަންގް ކެންސަރު ބަލީގައި މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައެވެ.

ޑޮން އާއި މެރީލް އޭގެ ހަމަސް ދުވަސް ފަހުން ކައިވެނި ކުރި އެވެ. އަދި މިގުޅުމަށް ހަތަރު ކުދިން ލިބިފައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު 30 ގައި މި ކައިވެންޏަށް 45 އަހަރު ފުރިފައިވެ އެވެ. މެރީލް އަކީ އޭނާގެ ޒަވާޖީ ހަޔާތުގެ ކަންކަން އާންމުކުރަން ބޭނުން ނުވާ މީހެކެވެ.

މެރީލްއަށް 21 ފަހަރު އެކަޑަމީ އެވޯޑްއަށް ނޮމިނޭޓްވެ ތިން ފަހަރު އެވޯޑް ލިބިފައިވެ އެވެ. އަދި 32 ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވެ އަށް އެވޯޑް ލިބިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910