ފިނިޕޭޖް

ރިއާނާގެ ސުޕަބޯލް ރަތް ޖަމްޕްސޫޓް ބޮޑު ތަރުހީބެއް

ލޮއެވޭގެ ކާގޯ ޖަމްޕްސޫޓް ލައިގެން ސުޕަބޯލް ހާފްޓައިމްގައި ރިއާނާ ޕާފޯމްކުރަނީ
0%
0%
0%

މިއަހަރުގެ ފެބްރުއަރީ މަހުގައި ބޭއްވި ސުޕަބޯލްގެ ހާފްޓައިމް ޕާފޯމަންސަށް ލަވަކިޔުންތެރިޔާ ރިއާނާ ލާފައިވާ ކަހަލަ ރަތްކުލައިގެ ޖަމްޕްސޫޓް، ވިއްކަން ފެށުމުން އެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.

ސްޕެއިންގެ ލަގްޒަރީ ބްރޭންޑް ލޮއެވޭ އިން ޑިޒައިންކުރި މި ކާގޯ ޖަމްޕްސޫޓްގެ ރީޓޭލް ވާޝަންގެ އަގަކީ 2،900 ޑޮލަރެވެ.

މި ޖަމްޕްސޫޓް ހަދާފައިވަނީ މެދުމިނުގެ ބަރުދަނެއްގެ އުވި އަދި ކޭންވާސްއިންނެވެ. އޭގައި ފޮރުވިފައި އަދި ފެންނަން ގިނަ ޒިބުތަކެއް ހުރިއިރު، ފަލަމަސްގަނޑުގެ މެދަކާ ހިސާބުގައި އިންނަ ޒިބުން އޭގެ ތިރީބައި ވަކި ކޮށްލެވެ އެވެ. 1.2 ކިލޯގެ ބަރުދަން ހުރި މި ޖަމްޕްސޫޓް ލިބެން ހުރީ ރިއާނާ ލީ ކުލަ ކަމަށްވާ "ޕޮޕީ ރެޑް" ރަތް ކުލަ އާއި ކަޅު ކުލައިންނެވެ.

ލޮއެވޭގެ ސައިޓްގައި އިން ކާގޯ ޖަމްޕްސޫޓްގެ ފޮޓޯއެއް

މި ޖަމްޕްސޫޓް ވިއްކަން ފެށިތާ 24 ގަޑިއިރު ތެރޭގައި އެމެރިކާގެ ލޮއެވޭ ސައިޓުން އޭގެ ރަތްކުލަ ވަނީ ހުސްވެފަ އެވެ. ނަމަވެސް ކަޅު ކުލައިގެ ބައެއް ސައިޒްތައް އަދިވެސް ލިބެން އެބަހުއްޓެވެ.

ރިއާނާގެ ސުޕަބޯލް ޕާފޯމަންސް ވެގެން ދިޔައީ 2018ގެ ފަހުން ސްޓޭޖް މަތިން ފެނުނު ފުރަތަމަ ޕާފޯމަންސަށެވެ. އަދި މި ޕާފޯމަންސް ތެރޭގައި ރިއާނާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން ވަނީ ހާމަކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910