ދުނިޔެ

ހަނގުރާމަމަތީ މަނަވަވަރެއް މެދުއިރުމައްޗަކަށް ނުފޮނުވަން: ޗައިނާ

ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކެއް މެދުއިރުމައްޗަށް މިސްރާބުޖަހައިފި ކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް އެ ގައުމުން ރައްދުދީފި އެވެ.

ފަލަސްތީނާއި ޔަހޫދީ ދައުލަތާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެެރިވުމަށް ނުވަތަ އެއްވެސް ބަޔަކަށް ތާއީދުކުރުމުގެ ނިޔަތުގައި، ޗައިނާގެ އުޅަނދެއް ގަލްފަށް ނުވަތަ ޕާސިއަން ގަލްފަށްވެސް ނުފޮނުވާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.

ޗައިނާގެ ބައެއް މަނަވަރުތައް މެދުއިރުމަތީގެ އެކުވެރި ގައުމުތަކަށް -- މާކުރީއްސުރެ އެޖެންޑާކޮށްފައި ހުރި ހަރަކާތަކެއްގައި ބައިވެެރިވުމަށް އެ ގައުމުތަކުގައި ބަނދަރުކޮށްފައި އޮތް ކަމަށް ރަޝިއާގައި ހުންނަ ޗައިނާ އެމްބަސީން މީޑިއާތަކަށް ވަނީ ހަބަރު ދީފަ އެވެ.

ޗައިނާ އެމްބަސީގެ ތަރުޖަމާން ލިޔޫ ޕެންޔޫ ހަބަރު ފަތުރާ އިދާރާތަކުގެ ކިބައިން އެދިވަޑައިގަންނަވަނީ ސާބިތުކުރެވެން ނެތް ހަބަރުތައް ނުފެތުރުމަށެވެ.

އަނެއްކޮޅުން ދުނިޔޭގެ ބާރުތަކުގެ މެދުގައި ޗައިނާއަށް ޕްރެޝަރު އަންނަ ވާހަކަަތައް ނޫސްތަކުގައި ނުލިޔުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމަ ފެށުމުގެ މާކުރިން ޗައިނާގެ މަނަވަރުތައް -- ހަނގުރާމައެއް ކުރެވޭ ފެންވަރުގެ މަނަވަރުތައް މެދުއިރުމައްޗަށް ވަނީ ފޮނުވާފަ އެވެ. މި ހަބަރުން ދޭހަވަނީ މެދުއިރުމަތީގައި ހަނގުރާމައެއް ކުރަން އުޅޭކަން ޗައިނާއަށް ދުރާލާ އެނގޭ ކަމެވެ. ނަމަވެސް ތަރުޖަމާން ވިދާޅުވީ ދޭދޭ ގުޅުމެއްގައި ނޫން ގޮތަކަށް ޗައިނާގެ މަނަަވަރެއް މެދުއިރުމަތީގައި ނުވަތަ ގަލްފްގައި ހަރަކާތްތެރި ނުވާނެ ކަމަށެވެ.

ހަމާސްއާ ޔަހޫދީންނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޗައިނާ އެއްވެސް ކޮޅެއް ނުނަގާނެ ކަަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޗައިނާ މަނަވަރުތަކުން މެދުއިރުމަތިގައި ދަތުރުކުރާ އުޅަނދުތަކަށް އެހީތެރިވެދޭ ވާހަކަވެސް އޮތީ ހަބަރުތަކަށް އަރާފަ އެވެ. ނަމަވެސް ޗައިނާ ބުނާ ގޮތުން ޗައިނާގެ އެއްވެސް އުޅަނދެއް -- ހަތިޔާރު ހުއްޓަސް އަދި ނެތަސް ހާރިޖީ ސިޔާސަތުން ބޭނުން ނުވާ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ޚާރިޖީ ސިޔާސަތަށް ޗައިނާ ވަރަށް ބޮޑަށް އިހުތިރާމްކުރާނެ ކަމަށްވެސް ބުންޏެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހިތްވަރު ދިނުމަށް އެމެރިކާގެ މަނަވަރުތައް ޕާސިއަން ގަަލްފަށް ވަނީ ގޮސްފަ އެވެ. އެއް ބޭނުަމަކި ޔަހޫދިންނަށް އެހީތެރިވުމެވެ. އަނެއް ބޭނުމަކީ އީރާނަށް ހިރިނުލެވޭވަރު ކުރުމެވެ.