ވީއޭއެމް

ތިން އަހަރު ފަހުން އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އަލުން ފަށައިފި

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އަލުން ފަށައިފި އެވެ،

މި މުބަރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވިއިރު މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފ. އަތޮޅު ސްކޫލެވެ. ރަނަރަޕް ޓީމަކީ ވ. ކެޔޮދޫ ސްކޫލް އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން އިންތިޒާމު ކުރާ މި މުބާރާތް ކުރިއަށް ދަނީ މާފަންނު އެކުވެނި ޓާފް ވޮލީ ކޯޓު ގައެވެ.

މިއަހަރުގެ މުބާރާތުގައި 19 ސްކޫލަކު 42 ޓީމު ބައިވެރިކޮށްފައިވެ އެވެ. މި މުބާރާތުގައި 14 އަހަރާއި 16 އަހަރު އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމުތައް ބައިވެރިކޮށްފައިވެ އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅުނީ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ކެޔޮދޫ ސްކޫލާއި އދ. އަތޮޅު ސްކޫލު ބައްދަލުކޮށް މެޗު ކާމިޔާބުކުރީ އދ. އަތޮޅު ސްކޫލެވެ. ދެވަނަ މެޗުގައި މަޖީދިއްޔާ ސްކޫލާއި ހުރަވީ ސްކޫލު ބައްދަލުކޮށް މެޗު ކާމިޔާބު ކުރީ ހުރަވީ ސްކޫލެވެ.

މިމުބާރާތުގައި މިއަދު ހަވީރު 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ހަތަރު މެޗެއް ކުޅޭނެ އެވެ. އަދި މިރޭ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަނާއި 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ފަށާނެ އެވެ.


ސާދަ އަހަރުން ދަށުން އުމުރުފުރާގެ މެޗުތައް މާދަމާ މެންދުރު ފެށުމަށްވެސް ވީއޭއެމް އިން ވަނީ ނިންމާފަ އެވެ.