މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގު މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ މ. ރިހިވިދުވަރުގެ، އަސްއަދު އަލީ (29އ) އެވެ.

އަސްއަދު ހޯދަނީ ދައުލަތުން ދައުވާކުރާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ.

ކްރިމިނަލް ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި އައްސަދު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

އަސްއަދުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.