ކްލިކް ކޮލެޖް

ކްލީކް ކޮލެޖަށް 23 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން 23 ރަށަކަށް 23 ސްކޮލަޝިޕް

ކްލީކް ކޮލެޖްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތައް ހިމޭނޭ ގޮތަށް 23 ރަށަކަށް ޖެނުއަރީ އިންޓޭކް 2024ގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ދީފި އެވެ.

މި ސްކޮލަޝިޕް ދީފައިވަނީ ސެޓްފިކެޓް 3 އިން އައިޓީ، ސެޓްފިކެޓް 3 އިން ބިޒްނަސް، ސެޓްފިކެޓް 3 އިން ސޯޝަލް ސައިންސް އަދި ފައުންޑޭޝަން ސްޓަޑީޒް ޕްރޮގްރާމް ހިމެނޭ ގޮތަށެވެ.

މި ޕްރޮގްރާމްތަކަކީ އޮންލައިން އަދި އޮން ކެމްޕަސްގައިވެސް ކިޔެވޭނެ ކޯސްތަކެއް ކަމަށް ކްލީކް ކޮލެޖުން ބުނެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުމުގައި 23 އަހަރު ފުރިހަމަ ކޮށްފައިވާ ކްލީކް ކޮލެޖަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އެތައް ކޯހެއް ކުރިއަށް ގެންދާ ކޮލެޖެކެވެ.

މި ކޯސްތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)، ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއެޗް)، ސެގީ ޔުނިވަސިޓީ އަދި އޭބީއީގެ ކޯސްތައް ހިމެނެ އެވެ.

ކްލީކް ކޮލެޖުގައި ޓޫރިޒަމް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (ސީޓީއެޗް)ގެ ފައުންޑޭޝަން ކޯހުން ފެށިގެން މާސްޓާސް ކޯހާއި ހަމައަށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމުގައިވާ ސެގީ ޔުނިވާސިޓީއާއި ގުޅިގެން ބިޒްނަސް އިންޑަސްޓްރީއަށް ޝައުގުވެރިވާ ދަރިވަރުންނަށް ހާއްސަ އެތައް ކޯހެއްވެސް ކްލީކް ކޮލެޖުން ހިންގަ އެވެ.

މީގެ އިތުރުން ކްލީކް ކޮލެޖުން ވަނީ ޓީޗިން ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ޕްރައިމަރީ ޓީޗިން އިން ފްރީ ޑިގްރީ ސްކީމްގެ ދަށުން ބެޗެލަސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ޕްރޮފެޝަނަލް ލެވެލް ފަދަ ބައިންލްއަގްވާމީ ފެންވަރުގައި މަތީ ދަރަޖަ ދެވިފައިވާ ފެންވަރު ރަނގަޅު އެތައް ކޯހެއް ކްލީކް ކޮލެޖުގައި ހިންގަ އެވެ.

ކްލީކް ކޮލެޖުގެ ކޯހަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކޮލެޖުގެ ނަންބަރު 3334036 އަށް ގުޅުމުން ނުވަތަ 7728019 އަށް ވައިބާ ވަޓްސްއެޕް މެސެޖެއް ފޮނުވުމުން ލިބޭނެ އެވެ.