ބޭރު ކުޅިވަރު

ފައިސާފޮތި އުކި ސަޕޯޓަރުން އުމުރަށް ސަސްޕެންޑްކުރަން ޗެލްސީން ނިންމައިފި

އިނގިރޭސި އެފްއޭކަޕުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 5-1އިން ޗެލްސީ މޮޅުވި މެޗުގައި ސިޓީގެ ކުޅުންތެރިންނާ ދިމާލަށް ފައިސާފޮތި އުކި ޗެލްސީގެ ސަޕޯޓަރުން އުމުރަށް ސަސްޕެންޑް ކުރަން ނިންމައފި އެވެ.

ޗެލްސީން ބުނީ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި މިކަން އެކުލަބުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

ކޯޗު ގުސްހިޑިންކް ބުނީ ސިޓީގެ ފޯވަޑް ޑޭވިޑް ފައުޕަލާ ލަނޑު ޖަހައި 1-1އިން ދެ ޓީމު އެއްވަރުވި ވަގުތު ފައިސާފޮތި އުކިމަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.

"މިއީ އަހަރުމެން ގަބޫލުކުރާ ކަމެއްނޫން. މިފަދަ ކަންތައް ކުރާ ސަޕޯޓަރުން ކުޅިބަލަން އަޔަދީގެންނުވާނެ. ޗެލްސީން މިކަމަށް ފިޔަވަޅު އަޅާނެ،" ހިޑިންކް ބުންޏެވެ.

މި މެޗުގައި ދަނޑަށް ފައިސާފޮތި އުކާފައިމިވަނީ ވެސްޓްބްރޮމް އާއި ރީޑިން ކުޅުނު މެޗުގައި ވެސް މިފަދަ މައްސަލައެއްދިމާވެ، ވެސްޓް ބްރޮމްގެ ކްރިސް ބްރަންޓްގެ މޫނުމަތިން ތަންކޮޅެއް ކަފައިގެން ގޮސްފައިވަނިކޮށެވެ.

ޗެލްސީ ތަފާތު ބޮޑުކޮށް ރޭގެ މެޗު ކާމިޔާބުކުރިއިރު ސިޓީން މުބާރާތުން ކެޓި މި މެޗަށް އެ ޓީމުން ނެރުނީ ވަރަށް ޒުވާން ޓީމެކެވެ. މެޗުގެ ކުރިން ވެސް ސިޓީން ބުނީ އަނިޔާގައި ގިނަ ކުޅުންތެރިން ތިބުމުން މި މެޗަށްވުރެ ބޮޑަށް ވިސްނަނީ ބުދަ ދުވަހުގެ ރޭ ކުޅެން ޖެހޭ ޗެމްޕިއަންސް ލީގު މެޗަށް ކަމަށެވެ.