ކުޑަކުއްޖެއްގެ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ނެގި ސިފައިންގެ މީހެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ކުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުންނަށް މިދިޔަ ހޮނިހިރު ދުވަހު މިމައްސަލަ ހުށަހަޅާފައިވީ ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފޮޓޯ ސޯޝަލްމީޑިއާގައި އާންމުކޮށް ބައެއް މީހުން ގެންދަނީ އެ މީހާ ހައްޔަރުކުރަން ގޮވާލަމުންނެވެ.