ފިނިޕޭޖް

ބިޔޯންސޭ އާ ސެންޓެއް ނެރެނީ

ބިޔޯންސޭގެ ސޭ ނުއާ ސެންޓް
0%
0%
0%

ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ބިޔޯންސޭ 42، އާ ސެންޓެއް ނެރެނީ އެވެ.

ބިޔޯންސޭގެ އާ ސެންޓް "ސޭ ނުއާ" ދައްކާލުމުގެ ގޮތުން އޭނާ ވަނީ އިންސްތަގްރާމްގައި ވީޑިއޯއެއް ޕޯސްޓްކޮށްފަ އެވެ.

ބްލެކް އެންޑް ވައިޓް އިން ޝޫޓްކޮށްފައިވާ މި ވީޑިއޯގައި ބިޔޯންސޭ ފޭނުންނާ މުހާތަބްކޮށް ވާހަކަ ދައްކާފައިވެ އެވެ. މިއީ އޭނާ ވަރަށް މަދުން ކުރާ ކަމެކެވެ.

މި ވީޑިއޯގައި ބިޔޯންސޭ ބުނީ އާ ސެންޓެއް ނެރެވޭތީ އޭނާ ވަރަށް އެކްސައިޓް ވެފައިވާ ކަމަށެވެ. އަދި ނުކަނޑާ އިން ސޭ ނުއާ ފުޅިއެއް ކަނޑަމުން ބިޔޯންސޭ ބުނީ އެއީ ވަރަށް ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން ނެރެވޭ ސެންޓެއް ކަމަށެވެ.

ސެންޓްފުޅިން ސްޕްރޭކޮށްލަމުން ބިޔޯންސޭ ބުނީ އޭނާގެ ޝޯތަކުގައިވެސް ފްރެޝްކޮށް ހުރުމުގެ ބޭނުމުގައި އިރުކޮޅުކޮޅާ ސެންޓް ޖަހާ ކަމަށެވެ.

އަންނަ މަހު ލޯންޗްކުރާ ސޭ ނުއާ ލިބެން ހުންނާނީ ހަމައެކަނި ބިޔޯންސޭގެ ވެބްސައިޓުންނެވެ.

މި ސެންޓް ގަތުމަށް އެމެރިކާ އަދި ކެނެޑާގެ ރައްޔިތުންނަށް މިހާރު ޕްރީ-އޯޑާ ކުރެވެ އެވެ. މި ސެންޓް ވިއްކާ އަގަކީ 160 ޑޮލަރަށް 50 އެމްއެލް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910