ބައްސާމް އަދީލް ޖަލީލް

ބައްސާމާއި އިންފަންޓީނޯ ބައްދަލުކުރައްވައިފި

ބައްސާމް އަދީލް ޖަލީލާއި އިންފަންޓީނޯ ބައްދަލުކުރައްވަނީ
0%
0%
0%

ދިވެހި ފުލުހުން އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަތަކެއްގެ ތަހުގީގު ފަށާފައި ވަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައިފި އެވެ.

ބައްސާމާއި އިންފަންޓީނޯ ބައްދަލުކުރެއްވީ ފްރާންސްގެ ޕެރިހު ގައެވެ.

މިބައްދަލުކުރެއްވުމުގެ ފޮޓޯތައް އިންފަންޓީނޯ ވަނީ އިންސްޓަގްރާމުގައި އާންމުކުރައްވާފަ އެވެ. ބައްސާމާ އެކު އެފްއޭއެމްގެ ސެކްރެޓަރީ ޖެނަރަލް ހުސައިން ޖަވާޒުވެސް މިބައްދަލުވުމުގައި އިންނެވި އެެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމާ ގުޅޭގޮތުންނެވެ.

ބައްސާމް އަދީލް ޖަލީލާއި އިންފަންޓީނޯ ބައްދަލުކުރައްވަނީ

އެފްއޭއެމްގެ ތެރެއަށް ފުލުހުން ވަނުމާ ގުޅިގެން ފީފާ އިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެ މައްސަލައިގައި ފީފާ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި އެފްއޭއެމް އަށް ފީފާއާއި ބައިނަލްއަގްވާމީ އެހެންވެސް ޕާޓްނަރުންގެ ފަރާތުން ލިބޭ ފައިސާގެ ބައެއް އެތަނުގެ އިސްވެރިންނާ ގުޅިފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމުގެ ހެކި ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910