ރާއްޖެ ކުޅިވަރު

ސައްޕޭ ޓީސީ އަށް، އިއްޒަތު ނިއު އަށް، އާދިލް ވިކްޓަރީ އަށް

ފާއިތުވެދިޔަ އަހަރު ނިއު އަށް ކުޅުނު މުހައްމަދު ޝައްފާޒް (ސައްޕޭ) ޓީސީ އަށް އަދި މަހިބަދޫ އަށް ކުޅުނު އިއްޒަތު އަބުދުލްބާރީ ނިއުއަށް ބަދަލުވިއިރު ވެލެންސިއާގެ ފަހަތުން ފެނުނު އާދިލް އަބުދުއްރަހުމާން ވިކްޓަރީ އަށް ހިނގައްޖެ އެވެ.

މީގެ ތެރެއިން ސައްޕޭ ޓީސީ އަށް ބަދަލުވީ ނިއުގެ ޕްރެކްޓިހަށް ވެސް ނުކުތުމަށްފަހު އެވެ. ވެލެންސިއާއިން ކެރިއަރު ފެށި ސައްޕޭ ވަނީ އޭނާ މޮޅަށް ކުޅުނު ދުވަސްވަރު ވިކްޓަރީ އާއި ވީބީ އަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން ނިއު އަށް އޭނާ މިދިޔަ އަހަރު ކުޅުނީ އޭގެ ކުރީ އަހަރު ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ.

އިއްޒަތު ނިއު އަށް ގެނައީ މަހިބަދޫގެ ކޯޗަކަށް މިދިޔަ އަހަރު ކުރީކޮޅު ހުރި ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.

ކޯޗު މިއަދު ބުނީ ނިއުގައި އޮތް ސްކޮޑް އިއްޒަތުގެ ސަބަބުން ރަނގަޅުވާނެ ކަމަށާއި އޭނާ ގެނައީ ތަޖުރިބާކާރު ކުޅުންތެރިން ނިއު އަށް ބޭނުންވާތީ ކަމަށެވެ.

ވެލެންސިއާ އަށް ކުޅެމުން އާދިލް އަކީ ދެ އަހަރެއްގެ މެދުކެނޑުމަކަށް ވެސް 2013 ވަނަ އަހަރު އޭވައިއެލް އަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވިކްޓަރީ އަށް ބަދަލުމިވީ ވެސް މިދިޔަ ދެ އަހަރު ވެލެންސިއާ އަށް ކުޅެފަ އެވެ.