އިސްލާމިކް މިނިސްޓްރީ

މާދަމާ ރޭ ކޭތަ ނަމާދުކުރަނީ

މާދަމާ ރޭ ހިފާ ހަނދު ކޭތައެއް ރާއްޖެއަށް ފެންނާނެތީވެ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން މާދަމާ ރޭ 11:01 ގައެެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާ ރޭ މެންދަމު 01:14 ގައެވެ. މި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 03:26 ގައެވެ.

ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ މެންދަމު 01:15 ގައެވެ. ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ހަނދު ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.