ފިނިޕޭޖް

"މިޝަން އިމްޕޮސިބަލް"ގެ އަށްވަނަ ފިލްމު ފަސްކޮށްފި

"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 1" ގެ ތެރެއިން
0%
0%
0%

ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް"ގެ 8 ވަނަ ފިލްމް މޭ 23، 2025 އަށް ފަސްކޮށްފި އެވެ.

މީގެ ކުރިން ޖޫން 28، 2024 ގައި ރިލީޒްކުރުމަށް ހަމަޖައްސާފައި އޮތް މި ފިލްމު ފަސްކުރީ ހޮލީވުޑްގައި ޖުލައި މަހުން ފެށިގެން ކުރިއަށްދާ އިހުތިޖާޖާ ގުޅިގެންނެވެ.

މި ފިލްމަށް ކުރިން ދީފައިވާ ނަން "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 2" ވެސް ބަދަލުވުން އެކަށީގެންވެ އެވެ.

ކްރިސްޓޮފާ މެކްކުއެރީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން އަލުން ފަށަން ޖެހިފައިވާއިރު މި ފްރެންޗައިޒްގެ ފިލްމުތަކުގައި ހިމެނޭފަދަ އާދަޔާ ހިލާފް އަދި ނުރައްކާތެރި ސްޓަންޓްތަކާއި އެކްޝަން ސިކުއެންސްތައް މި ފިލްމްގައިވެސް ހިމެނޭނެ އެވެ.

"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 1"ގެ ޕޯސްޓަރެއް

ޝޫޓް ކުރަނީ އައިމެކްސް ޑިޖިޓަލް ކެމެރާއިންނެވެ. އަދި ސިނަމާތަކުގައި ތިން ހަފްތާއަށް އަޅުވާނެ ކަމަށް ޕެރެމައުންޓްއިން ބުނެފައިވެއެވެ.

މި ފްރެންޗައިޒްގެ ހަތްވަނަ ފިލްމް، "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 1" ރިލީޒްކޮށްފައިވަނީ މިދިޔަ ޖޫން މަހު އިޓަލީއަށް އަދި ޖުލައި މަހު އެމެރިކާ އަށެވެ.

މި ފިލްމަށް ރޮޓަން ޓޮމާޓޯޒްގެ 418 ކްރިޓީކުން 96 ޕަސަންޓުގެ ރޭޓިން ދީފައިވީ ނަމަވެސް 291 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި ލަފާކުރި ވަރުގެ އާމްދަނީއެއް ނުލިބެ އެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް މި ފިލްމަށް ލިބިފައިވަނީ 567.5 މިލިއަން ޑޮލަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910