ކުޅިވަރު

ރާއްޖޭގައި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުމަށް ފުރުސަތު ލިބިއްޖެ

0%
0%
0%

ރާއްޖޭގައި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުމަށް ފުރުސަތު ލިބިއްޖެ އެވެ.

ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން އަންނަ އަހަރު ރާއްޖޭގައި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ރާއްޖެއަށް ލިބުނު މިފުރުސަތާ ގުޅިގެން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސްވެރިން ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ އެކަމުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. ޑރ. މުއިއްޒުގެ ސަރުކާރުން އެ މުބާރާތް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނެ އެވެ.

ބޮޑީ ބިލްޑިންގެ ސަރަހައްދީ މުބާރާތްތަކާއި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައިވެސް ރާއްޖޭގެ އެތުލީޓުން ވަނީ ރަންވަނަތަކެއް ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910