ހުރަވީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމަނިކުފާނު ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ކުރެއްވެވި ޕޯސްޓެއްގަ އެވެ.
ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު ސަރުކާރުން މިއަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮގްރާމްތަކެެއް ރާވާފަ އެވެ.
އެގޮތުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފަ އެވެ.
މީގެ އިތުރުން ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.