ފިނިޕޭޖް

ކްރިސްޓޮފާ ނޯލަންގެ ތައުރީފް ޓޭލާ ސްވިފްޓަށް

ޓޭލާ ސްވިފްޓް، "ޓޭލާ ސްވިފްޓް: ދަ އެރާސް ޓުއާ" ކޮންސަޓް ފިލްމްގެ ޕްރީމިއާގައި
0%
0%
0%

ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް، 33، އަށް "އޮޕަންހައިމާ"ގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން، 53، ތައުރީފްކޮށްފި އެވެ.

ދަ ހޮލީވުޑް ރިޕޯޓާއިން ބުނާ ގޮތުގައި ކްރިސްޓޮފާ ޓޭލާއަށް ތައުރީފްކުރީ "ޓޭލާ ސްވިފްޓް: ދަ އެރާސް ޓުއާ" ކޮންސަޓް ފިލްމު ސްޓޫޑިއޯއެއް މެދުވެރިކޮށް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތް ނުކުރާތީ އެވެ.

ޓޭލާގެ މި ނިންމުމުގެ ސަބަބުން އޭނާ ބޭނުންވާ ގޮތަކަށް ފިލްމް މާކެޓްކޮށް އަދި ޑިސްޓްރިބިއުޓް ކުރަން އަމިއްލަ މިނިވަންކަން ލިބޭނެ ކަމަށް ކްރޮސްޓޮފާ ގަބޫލުކުރެ އެވެ. އަދި ޑިސްޓްރިބިއުޝަން ފީގެ ގޮތުގައި އާންމުކޮށް ދައްކަންޖެހޭ 6-15 ޕަސަނ ްޓް ޓޭލާއަށް ސަލާމަތްކުރެވޭނެ އެވެ.

ޓޭލާ ސްވިފްޓް އާއި ކްރިސްޓޮފާ ނޯލަން

މި ފިލްމުގެ ޓިކެޓް އަގުތައްވެސް ކަނޑައަޅާފައިވަނީ ޓޭލާގެ ޓީމުން 19.89 ޑޮލަރަށެވެ.

ކްރިސްޓޮފާ ބުނީ މިއީ ފިލްމްގެ ތިއެޓްރިކަލް ޑިސްޓްރިބިއުޝަންއަށް އާ މޮޑެލްއެއް ކަމަށެވެ.

ދިހަ މިލިއަނާއި 20 މިލިއަން ޑޮލަރުގެ ދެމެދުގެ ބަޖެޓަކުން ހެދި "ޓޭލާ ސްވިފްޓް: ދަ އެރާސް ޓުއާ" ކޮންސަޓް ފިލްމު މިމަހު 13 ގައި ރިލީޒްކުރުމުގެ ކުރިން، 100 މިލިއަން ޑޮލަރު އޭޑްވާންސް ޓިކެޓް ސޭލްސް އިން ލިބުނެވެ. މި ފިލްމަށް މިހާތަނަށް ވަނީ 186.2 މިލިއަން ޑޮލަރު ލިބިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910