ފިނިޕޭޖް

ކެތަރިން މެކްފީގެ ޖުވެލަރީ ލައިން

ކެތަރިން މެކްފީގެ ޖުވެލަރީ ކަލެކްޝަންގެ އިޝްތިހާރެއް
0%
0%
0%

އެކްޓްރަސް، ލަވަކިއުންތެރިޔާ އަދި ޖުވެލަރީ ޑިޒައިނަރު ކެތަރިން މެކްފީ، 39، އޭނާގެ ޖުވެލަރީ ލައިން އެޗްއެސްއެން ނެޓްވޯކް މެދުވެރިކޮށް ވިއްކަން ފަށައިފި އެވެ.

"ރޭޑިއަންސް ބައި އެބްސޮލިއުޓް" × ކޭއެމްއެފް ކެތަރިން މެކްފީގެ ޖުވެލަރީ ކަލެކްޝަންގައި ހިމެނޭ އުފެއްދުންތައް ވިއްކަނީ 39.98 އެމެރިކާ ޑޮލަރުން ފެށިގެން 389.95 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

މި ލައިންގައި 16 ވައްތަރެއްގެ ތަކެތި ހިމެނެ އެވެ. މީގެތެރޭގައި ކެތަރިންގެ އެންގޭޖްމަންޓް އަދި ކައިވެނީގެ އަނގޮޓިތަކުގެ ޑިޒައިން ވެސް ހިމެނޭކަމަށް އޭނާ ބުންޏެވެ.

ކެތަރިން ބުނީ އޭނާ އަކީ ކުޑަ އިރުއްސުރެ ގަހަނާއަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި އެޗްއެސްއެން އަކީ ކެތަރިން ކުޑައިރު އޭނާގެ މަންމައާ އެކު އަރާމުކުރާ ގަޑީގައި ބަލާ ޝޮޕިން ޗެނަލްއެއް ކަމަށެވެ.

ކެތަރިން ކޭއެމްއެފް ޖުވެލަރީ ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެޗްއެސްއެން އަށް ޑިޒައިންކުރި ކަލެކްޝަން އެ ނެޓްވޯކް އާއި ވެބްސައިޓުން ގަންނަން ލިބޭއިރު، ކޭއެމްއެފްގެ ޖުވެލަރީ ލައިން ކޭއެމްއެފް ސައިޓުން ގަންނަން ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910