އެކްޓްރެސް ޒޮއީ ކްރެވިޓްޒް، 34، އާއި އެކްޓާ ޗެނިން ޓޭޓަމް، 43، އެންގޭޖްވި ކަމަށް ނޫސް ތަކުން ރިޕޯޓްކުރަމުން އެބަދެ އެވެ.
މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ ދަ ޕީޕަލް އިންނެވެ. އެ ނޫހުގައި ބުނާ ގޮތުގައި މި ދެ ލޯބިވެރިން ދެ އަހަރު ދުވަހު ޑޭޓްކުރުމަށްފަހު މިހާރު ވަނީ އެންގޭޖްވެފަ އެވެ.
މިގޮތުން މިދިޔަ ހަފްތާ ބަންދުގައި ކެންޑަލް ޖެނާ ބޭއްވި ހެލޮވީން ޕާޓީގައި ޒޮއީ އާއި ޗެނިން "ރޯޒްމެރީސް ބޭބީ" ގޮތަށް ހެދުން އަޅައިގެން ހުރި އިރު، އެންމެ ބޮޑަށް ފާހަގަވީ ކަމަކީ ޒޮއީގެ އިނގިލީގައި އޮތް އެންގޭޖްމަންޓް އަނގޮޓި އެވެ.
މިދިޔަ ޖެނުވަރީ މަހު ވެނިޓީ ފެއާގެ ކަވާ ސްޓޯރީއަށް ދިން އިންޓަވިއުއެއްގައި ޗެނިން ބުނީ ޒޮއީ އަކީ އެކުގައި ކަންކަން ކްރިއޭޓްކުރަން ބޭނުންވާ މީހެއް ކަމަށެވެ. އަދި ޖީކިއުގެ 2022 މެން އޮފް ދަ އިޔާ އިޝޫއަށް ދިން އިންޓަވިއު އެއްގައި ޒޮއީ ބުނީ ޗެނިން އަކީ ވަރަށް ރަނގަޅު އިންސާނެއް ކަމަށެވެ.
ޒޮއީ މީގެ ކުރިން އެކްޓަރު ކާލް ގްލުސްމަންއާ ކައިވެނިވެސް ކުރި އެވެ. އަދި ޗެނިން ވެސް އެކްޓްރަސް ޖެނާ ޑެވަންއާ ކުރިން ކައިވެނި ކުރި އެވެ. މި ކައިވެންޏަށް 10 އަހަރުގެ އެވާލީ ލިބިފައިވެ އެވެ.