ހަބަރު

ޒުހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި

ހ. ދޫހިމެރި ގޯޅިގަނޑު ތެރޭގައި މިދިޔަ މަހުގެ ހަވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު ލ. ގަން، ބާބުލްއަވާލި، ހައްވާ ޒުހާ، 23، މަރުގެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ ޒުހާގެ މަރާގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން 50 އަހަރުގެ އަންހެން މީހާ މިމަހު ހަތަރު ވަނަ ދުވަހު ދޫކޮށްލައިފަވާ ކަމަށާއި އޭނާ ދޫކޮށްލީ ކޯޓު އަމުރެއްގެ މަތިން ރާއްޖެއިން ބޭރަށް ދާނަމަ ފުލުހުންނަށް އަންގަން ޝަރުތުކޮށްފައި ކަމަށެވެ.

"ހައްޔަރު ކުރި 50 އަހަރުގެ އަންހެން މީހާ ޝަރުތުކޮށްފަ ދޫކޮށްލައިފި. ނަމަވެސް ބިދޭސީ މީހާ އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ޒުހާގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި އުމުރުން 28 ދިވެހި ފިރިހެން މީހާވެސް ވަނީ މިދިޔަ މަހު 24 ގައި ދޫކޮށްލައިފަ އެވެ. ޒުހާގެ މައްސަަލައިގެ ތަހްގީގާއި ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ ތަހުގީގުން ދައްކާ ގޮތުން ޒުހާ މަރާލާފައިވަނީ ހ. ލާލުުކުރީގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ކަން ވެސް އެނގިފައިވާ ކަމަށެވެ.

ޒުހާގެ އާއިލާއިން ބުނެފައި ވަނީ، ޒުހާ މަރުވި ރޭ އޭނާގެ ފަހަތުން މީހުންތަކެއް ދުވިތަން ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކަރުގައި ޒަހަމްތަކެއް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ