އެމްއޭސީއެލް

ހިދުމަތްތައް ލަސްވެދާނެ، މައާފަށް އެދެން: އެމްއޭސީއެލް

ބައެއް ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް -- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އެމްއެމްއޭސީއެލް އިން ބުނީ ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

އެހެންވެ އިމިގްރޭޝަން ކައުންޓަރުތަކުގައި ބޭނުންކުރާ ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެއާޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްއޭސީއެލް އިން ވަނީ މައާފަށް އެދިފަ އެވެ.