ހަބަރު

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާއިޒް މަގާމުން ވަކި ކޮށްފި

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒް މަގާމުން ވަކި ކުރައްވައިފި އެވެ.

ރައީސް އޮފީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދާދި ދެންމެއަކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ވަގުތެއްގައި ސްޓޭޓް މިނިސްޓްރުގެ މަގާމުގައި ހުންނެވި ފާއިޒް މަގާމުން ވަކި ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ފާއިޒް ވަކި ކުރި ސަބަބެއް ހާމައެއް ނުކުރެއެވެ. އަދި މިކަމާއި ގުޅިގެން އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވެސް ވަނީ ނުވެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެ މިނިސްޓްރީގެ އެކި މަގާމްތަކުގައި މަސައްކަތް ކުރައްވާ ފާއިޒް ވަކި ކުރެއްވި އިރު އޭނާ ހުންނެވީ ހައުސިން ޑިޕާޓްމަންޓްގެ އިސްކޮށެވެ.