ރައީސް މުހައްމަދު ނަޝީދު

ދުބާއީގައި ތަގުރީރު ކުރެއްވުމަށް ނަޝީދު ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ގްލޯބަލް ސިޓިޒެންޝިޕްގެ 17 ވަނަ ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔިަލަށެވެ.

މި ކޮންފަރެންސްގައި ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ގައުމުގެ ތަރައްގީގައި ޓެކްނޮލޮޖީ އަދާކުރާ ދައުރާއި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ނަޝީދު ފުރާވަޑައިގެންފައިވާއިރު މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910