އަލީ ނިޒާރު

ޖަރުމަނުގައި އޮތް ޓުއާއެއްގައި އައްޑޫ މޭޔަރު ބައިވެރިވެވަޑައިގެންފި

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ "ފެޑެރަލިޒަމް އެންޑް ޑީސެންޓްރަލައިޒޭޝަން" ޓުއާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންފި އެވެ.

މި ޓުއާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުން ހިމެނެ އެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިދުމަތް ދިނުމަށް ޖަރުމަނުން އަމަލުކުރާ އުސޫލުތަކާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކާ ގުޅޭ ގޮތުން މި ޓުއާގައި މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޓުއާ ކުރިއަށްދާނީ މިމަހުގެ ފަސް ވަނަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހަށެވެ.

ޓުއާގައި ދެކުނު އޭޝިއާގެ އެކި ގައުމުތަކުން ބައިވެރިވެ އެވެ.