މޯލްޑިވްސް ޕޮލިސް ސާވިސް

ޖިނާއީ ކުށެއްގައި ދެ މީހަކު ކޯޓަށް ހާޒިރުކުރަން ހޯދަނީ

ޖިނާއީ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ބޭނުންވާ ދެ މީހަކު ކޯޓަށް ހާޒިރުނުކުރެވިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ މއ. ކޮޓްންވިލާ، އަހްމަދު ސަފްނީޒް (40އ)އާއި، ގއ. ކޮލަމާފުށި / އަސަރީގެ، މުހައްމަދު ސާއިފް އަލީ (23އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުންވެސް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ މި ދެ މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އަހްމަދު ސަފްނީޒް ހޯދަމުންދަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

މުހައްމަދު ސާއިފް އަލީ ހޯދަމުންދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

މި ދެ މީހުންގެ ތެރެއިން ސަފްނީޒް ކްރިމިނަލް ކޯޓަށް ހާޒިރުކުރަންޖެހެނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:00 އަށެވެ. ސާއިފް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ޖެހެނީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.

މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.