ފިނިޕޭޖް

ރޮބަޓްގެ އެސިސްޓެންޓަށް އެއްމިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ރޮބަޓް ޑި ނީރޯ، ގްރޭމް ޗޭސް ރޮބިންސަން
0%
0%
100%

އެކަޑަމީ އެވޯޑް ލިބިފައިވާ ލެޖެންޑަރީ އެކްޓަރު ރޮބަޓް ޑި ނީރޯގެ ކުންފުނިން ކުރީގެ އެސިސްޓެންޓަށް 1.26 މިލިއަން ދައްކަން ޖެހިއްޖެ އެވެ.

ރޮބަޓްގެ ކުރީގެ އެސިސްޓަންޓް ގްރޭމް ޗޭސް ރޮބިންސަން ދައުވާ ކުރީ ކަންކަން ކުރުމުގައި އޭނާއާ މެދު ޖިންސީގޮތުން ތަފާތުކުރި ކަމަށާއި ނުރައްކާތެރި މަސައްކަތު މާހައުލެއްގައި މަސައްކަތްކުރަން ޖެހުނު ކަމަށް ބުނެ އެވެ.

ރޮބަޓް ދެ ފަހަރު މަތިން ހެކިބަސްދީ، ގްރޭމްގެ ތުހުމަތުތަކަށް އިންކާރުކޮށް އެއީ ތާކުންތާކު ނުޖެހޭ ވާހަކަ ތަކެއް ކަމަށް ބުނެފައިވެ އެވެ.

ނިއުޔޯކް ސިޓީގެ ފެޑެރަލް ކޯޓްގައި ދެ ހަފްތާ ވަންދެން ކުރިއަށް ދިޔަ މި ދައުވާގައި ޖޫރީން ނިންމާފައިވަނީ ރޮބަޓް ސީދާ އެކަން ނުކުރި ނަމަވެސް ރޮބަޓްގެ ކުންފުނި ކޭނަލް ޕްރޮޑަކްޝަންސް އިން ގްރޭމްއާ ދޭތެރޭ ޖިންސީގޮތުން ތަފާތުކުރި ކަމަށާއި ގޯނާ ކުރިކަމާއި ބަދަލު ހިފިކަން ސާބިތުވާ ކަމަށެވެ.

އެހެންވެ 1.26 މިލިއަން ޑޮލަރު ގްރޭމްއަށް ދިނުމަށް ރޮބަޓްގެ ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ރޮބަޓްގެ އެސިސްޓަންޓްގެ މަގާމުން ގްރޭމް ވަކިވީ އޭޕްރިލް 2019 ގައެވެ. އޭގެފަހުން އެކިފަހަރު މަތިން އޭނާ ވަނި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910