ފިނިޕޭޖް

އެލަން މަސްކްގެ ބަޔޯޕިކްއެއް ހަދަނީ

އެލަން މަސްކް
0%
0%
0%

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު -- އެލަން މަސްކްގެ ބަޔޯޕިކްއެއް އޭ24 އިން ހަދަނީ އެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިން ހާމަކުރާ ގޮތުގައި މި ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާނީ "ދަ ވޭލް"ގެ ޑައިރެކްޓަރު ޑެރަން އޮރޮނޮފްސްކީ އެވެ.

"ދަ ވޭލް"ގައި ދެއްކި ހުނަރުވެރިކަމާ ގުޅިގެން އެކްޓަރު ބްރެންޑަން ފްރޭޒާއަށް ވަނީ އެކަޑަމީ އެވޯޑް ލިބިފަ އެވެ.

މި ފިލްމްގެ ސްކްރީންޕްލޭ ލިޔާނީ އެލަންގެ ހަޔާތުގެ މައްޗަށް ވޯލްޓާ އައިސާކްސަން ލިޔެފައިވާ ފޮތުން މައިގަނޑު ބައިތައް ނަގައިގެންނެވެ.

ވޯލްޓާގެ ފޮތުގައި އެލަންގެ ބައްޕަ އަދި މޮޅު އިންޖީނިއާ އެރަލް މަސްކް އާއި ޑައިޓިޝަން މަންމަ މޭ މަސްކް ސައުތް އެފްރިކާގައި އެލަން ބަލާބޮޑުކުރި ގޮތުގެ ވާހަކަވެސް ހިމެނެ އެވެ.

މި ފޮތް ލިޔުމަށް ވޯލްޓާ ވަނީ ދެ އަހަރު ދުވަސް ވަންދެން އެލަންގެ ހިޔަންޏެއްހެން ބައްދަލުވުންތަކަށް ގޮސް، ކުންފުނީގެ ފެކްޓަރީތަކަށް ޒިޔާރަތްކޮށްފަ އެވެ. އަދި އެތައް ގަޑިއިރަކު އެލަން އާއި އާއިލާ މީހުންނާއި ރައްޓެހިންނާއި ވިޔަފާރީގެ ގޮތުން ހަތުރުންނާވެސް ބައްދަލުކޮށް އިންޓަވިއުކޮށްފަ އެވެ.

އެލަންގެ ބަޔޯޕިކްގެ އިތުރު މައުލޫމާތު އޭ24 އާއި ޑެރަންގެ ކުންފުނި ޕްރޮޓޮޒޯއާ ޕްރޮޑަކްޝަންސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910