އެމްއެންޑީއެފް

މަހަށް ނުކުމެ އުޅުނު އުޅަނދެއް ބިންދައިގެން ހިނގައްޖެ

މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން ބިންދައިގެން ދިޔައީ "އޯކިޑް 707" ނަމަކަށް ކިޔާ މަސް ދޯންޏެކެވެ.

ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

"މި ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފަ،" އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާ ހިނގި ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ދޮށިމޭނާ" ދަނީ ހަރަކާތްތެރިވަމުންނެވެ.