ކްރިމިނަލް ކޯޓް

މީހަކު ރަހީނުކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދަށް

ބިދޭސީ އަކު ރަހީނު ކުރި ބަންގްލަދޭޝް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަމުރު ނެރުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އާރިފް ހުސައިން، 37،ގެ މައްޗަށެވެ.

ދައުލަތުން އެދިގެން ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ މުހައްމަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކަށް ވާތީ އޭނާ ފިލައިގެން އުޅެފާނެ ކަމަށެވެ.

ކޯޓުން އަމުރުން އެނގޭ ގޮތުގައި މުހައްމަދު ބަންދުގައި ބެހެއްޓުމަށް ނިންމީ ތުހުމަތުކުރާ މައްސަލައާ ގުޅޭ އެކަށީގެންވާ ހެކި ހުރެގެންނެވެ.

ބިދޭސީ އަކު ރަހީނުކުރުމުގައި މުހައްމަދާ އެކު އިތުރު ބަޔަކުވެސް ބައިވެރިވެ އެ މީހާއަށް އަނިޔާކޮށް އިންޒާރުތައް ދީފައިވާކަންވެސް އަމުރުން އެނގެން އޮވެ އެވެ.

ބިދޭސީންގެ މީހުން އެކަކު އަނެކަކު ރަހީނުކޮށްގެން ފައިސާ ހޯދުމުގެ މައްސަލަ މީގެކުރިންވެސް ފުލުހުންނަށް ހުށަހެޅި ދައުވާވެސް ކޮށްފައިވެ އެވެ.