ފިނިޕޭޖް

އިޒްރޭލަށް

"ސްކްރީމް" 5 އަދި 6 ގެ ތަރި މެލިސާ ބެރޭރާ، 33، ސޯޝަލް މީޑިއާގައި އިޒްރޭލް-ހަމާސް ހަނގުރާމައާއި އިޒްރޭލަށް ފާޑުކިޔުމުން "ސްކްރީމް 7" އިން ވަކިކޮށްފި އެވެ.

މެލިސާ މި ދެ ފިލްމުގައި އަދާކުރީ ޖެނާ އޯޓޭގާގެ ދައްތަ އަދި ސޭމް ކާޕެންޓާގެ ރޯލެވެ. އެއީ "ސްކްރީމް"ގެ ފުރަތަމަ ފިލްމުތަކުގައި ލީޑް ރޯލް ކުޅުނު ނީވް ކެމްބަލްއަށް ފަހު ލީޑް ރޯލްއަށް ބަދަލުވާނެ ކެރެކްޓާ އެވެ.

ސްޕައިގްލާސް ބުނީ އެންޓި-ސެމިޓިޒްމް ނޫނީ ޔަހޫދީންނާ އިދިކޮޅަށް ނަފްރަތު އުފައްދާ، ނަސްލީ ގަތުލު އާންމު ކުރިއަށްގެންދާ ކަމުގެ ދޮގު މައުލޫމާތު ފަތުރާ، ހޮލޮކޯސްޓްގެ ހަގީގަތް އޮޅުވާލާ، ހޭޓް ސްޕީޗަށް ގެންގުޅޭނީ ޒީރޯ ޓޮލަރަންސް ކަމުގައެވެ. "ސްކްރީމް" އަކީ ސްޕައިގްލާސްގެ ފިލްމެކެވެ.

މެލިސާ ބުނީ އިންސްތަގްރާމް ސްޓޯރީގައި އޭނާ ދެ ހަފްތާ ވަންދެން ވަރަށް ބޮޑަށް ފަލަސްތީނުން ލިބޭ މައުލޫމާތާއި ވީޑިއޯ ހޯދައި އެ އެކައުންޓްތައް ފޮލޯކުރި ކަމަށެވެ. އެއީ ކީއްވެތޯ ސުވާލުކުރަމުން މެލިސާ ބުނީ ހުޅަނގުގެ މީޑިއާއިން ހަމައެކަނި ދައްކަނީ އިޒްރޭލުގެ މަސްލަހަތު ކަމަށެވެ.

"ސްކްރީމް 7" ން ވަކިކުރުމާ ގުޅިގެން މެލިސާ ބުނީ އޭނާ އެންޓި-ސެމިޓިޒަމް ވެސް އިސްލާމަފޯބިއާއާ ވެސް ދެކޮޅު ކަމަށާއި، އެއްވެސް ބަޔަކަށް ނަފްރަތު ނުއުފައްދާ ކަމަށެވެ.

ގިނަ ޔަހޫދީން ލީޑްކުރާ ހޮލީވުޑް ދެބައިވެފައިވާ ދުވަސްވަރެއްގައި، ފެނިގެން މިދަނީ ފަލަސްތީންގެ ދިފާއުގައި ބަސް ބުނާ މީހުންނަށް ފިޔަވަޅު އަޅާ ތަނެވެ. އަދި ޓޮމް ކްރޫޒް އާއި އެންޖެލީނާ ޖޯލީ ފަދަ މަދު ތަރިން ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލާ މީހުންނަށް ކުރާ އަސަރުން ސަލާމަތްކޮށްދޭ ތަނެވެ.