ފިނިޕޭޖް

މާކް ވޯލްބާގްގެ އާ ފިލްމު ޑިސެމްބަރު ހަތެއްގައި

މާކް ވޯލްބާގް، 52، ގެ އާ ފިލްމް "ދަ ފެމިލީ ޕްލޭން" އަކީ އެކްޝަނުން ފުރިގެންވާ ކޮމެޑީ އެކެވެ.

މި ފިލްމްގެ ޓްރޭލާ އާންމުކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

ސައިމަން ކެތްލަން ޖޯންސް ޑައިރެކްޓްކޮށް، ޑޭވިޑް ކޮގެޝަލް ލިޔުނު މި ފިލްމްގައި މާކް އަދާކުރަނީ ޑޭން މޯގަން ނަމަކަށް ކިޔާ އާއިލާގެ ކަންކަމުގައި މަސްއޫލުވެ އުޅޭ، ކާރު ވިއްކާ ސޭލްސްމަން އެއްގެ ރޯލެވެ.

އެހެންނަމަވެސް ޑޭން އަކީ މީގެ ކުރީގައި ސަރުކާރުގެ އޭޖެންސީއެއްގައި ނުރައްކާތެރި އެސޭސިންއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

މި ސިއްރު އޭނާގެ އާއިލާއަށްވެސް ނޭނގެއެވެ. ޑޭންގެ މާޒީއާ ގުޅޭ ނުރައްކާތެރި ކަމެއް ކުރިމަތިވުމުން، އާއިލާގެ ސަލާމަތަކަށްޓަކައި އެމީހުން ގޮވައިގެން ލާސްވެގާސް އަށް ރޯޑް ޓްރިޕަކަށް ދާން ފަށަ އެވެ.

މި ފިލްމްގައި ޑޭންގެ އަންހެނުން ޖެސިކާގެ ރޯލް އަދާކުރަނީ މިޝޭލް މޮނަހެން އެވެ. އަދި އިތުރު ރޯލްތަކުގައި ސައިދް ތަގްމޫއީ، މެގީ ކިއު، ޒޮއީ ކޮލެޓީ، ވޭން ކްރޮސްބީ، ކިއަރަން ހައިންޑްސް، މައިލްސް ޑޯލެކް އަދި ޖޮއިނާ ލޫކަސް ހިމެނެ އެވެ.

"ދަ ފެމިލީ ޕްލޭން" ރިލީޒްކުރާނީ ކުރިއަށް އޮތް ޑިސެމްބަރު 15 ގައި އެޕަލް ޓީވީ އިންނެވެ.