ފިނިޕޭޖް

ބައެއް ސީރީޒްތައް އަންނަ ޖެނުއަރީގައި ފަށަނީ

މަރިސްކާ ހާގިޓޭ "ލޯ އެންޑް އޯޑާ: ސެޕެޝަލް ވިކްޓިމްސް ޔުނިޓް" ގެ ސީންއެއްގައި
0%
0%
0%

ދިގު އިންތިޒާރަކަށްފަހު ބައެއް ސީރީޒްތައް ފަށާ ތާރީހް އިޢުލާންކޮށްފި އެވެ.

މިއަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ހޮލީވުޑްގައި ކުރިއަށްދިޔަ ލިޔުންތެރިންގެ އަދި އެކްޓަރުންގެ އިހުތިޖާޖާ ގުޅިގެން، ހޮލީވުޑްގެ ގިނަ ސީރީޒްތަކާއި ޝޯ އަދި ފިލްމްތައް އޮތީ ހުއްޓިފަ އެވެ.

އަންނަ އަހަރު ފަށާނީ "އެމެރިކާސް ގޮޓް ޓެލެންޓް: ފެންޓަސީ ލީގް" އިންނެވެ. މިއީ "އެމެރިކާސް ގޮޓް ޓެލެންޓް"ގެ ސްޕިން-އޮފް އެކެވެ.

ޑިކް ވުލްފް ޔުނިވާސްގެ އެތައް ސީޒަނަކަށް ކުރިއަށްދާ ސީޒަންތައް ފަށާނީ އަންނަ ޖެނުއަރީ ގައެވެ. އެގޮތުން "ޝިކާގޯ މެޑް"، "ޝިކާގޯ ފަޔާ" އަދި "ޝިކާގޯ ޕީޑީ" ފަށާނީ އަންނަ ޖެނުއަރީ 17 ވަނަ ދުވަހު އެވެ. އަދި "ލޯ އެންޑް އޯޑާ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް" އާއި "ލޯ އެންޑް އޯޑާ: އޯގަނައިޒްޑް ކްރައިމް" އަންނަ ޖެނުއަރީ 18 ގައި ފަށާނެ އެވެ.

މީގެ އިތުރުން ފެބްރުއަރީގައި "ދަ ވޮއިސް" ވެސް ފަށާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910