ގައުމީ ޔުނިވާސިޓީ

އެމްއެންޔޫ އިން އަންނަ އަހަރު ފަށާ ކޯސްތަކަކަށް ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރުގެ ފެބުރުއަރީގައި ފަށައި 89 ކޯހަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިކޯސްތައް ހުޅުވާލާފައިވަނީ 12 ދާއިރާ އަކުންނެވެ.

އެންމެ ގިނަ ކޯސްތައް ހުޅުވާލާފައިވަނީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގަ އިންނެވެ. އަދި އެންމެ ގިނައީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯސްތަކެވެ.

ގައުމީ ޔުނިވަސިޓީ އަކީ ރާއްޖޭގައި މަތީ ތައުލީމަށް އެންމެ ގިނަ ދަރިވަރުން ތަފާތު ދާއިރާތަކުން ކިޔަވަމުން ގެންދާ އިންސްޓިޓިއުޓެވެ.

ގައުމީ ޔުނިވަސިޓީން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.