އެފްއޭއެމް

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޖަވާ އިސްތިއުފާ ދެއްވައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހުސައިން ޖަވާޒް (ޖަވާ) އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާއާ ގުޅޭ ޖަވާގެ ބަހެއް އަދި އަވަސްއަށް ލިބިފައެއް ނުވެ އެވެ. އެކަމަކު ޖަވާ އިސްތިއުފާ ދެއްވާފައިވާ ކަމަށް އެފްއޭއެމްގެ ބައެއް މުވައްޒަފުން ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

ޖަވާ އިސްތިއުފާ ދެއްވީ އެފްއޭއެމްގެ ހިންގުން ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން ކަމަށް އެނގިފައިވެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އިސްތިއުފާ ދެއްވާފައި މިވަނީ އެފްއޭއެމްގެ ތެރޭގައި ހިންގަމުން ދިޔަ ހިޔާނާތުގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދާ ވަގުތެއްގައެވެ. ހިޔާނާތުގެ ތުހުމަތުކުރެވޭ ބޭފުޅުންގެ ތެރޭގައި ޖަވާ ވެސް ހިމެނެ އެވެ.

ހިޔާނާތުގެ ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެފްއޭއެމް ހައުސްއަށް ވަދެ މައްސަލައާއި ގުޅޭ ހެކިތަކެއް ހޯދާފައި ކަމަށް ފުލުހުން ބުނެ އެވެ.