އެފްއޭއެމް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓީގެ މަގާމަށް ނާހިލް

ނާހިލް އަހްމަދު ސިއްދީގު
0%
0%
0%

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފި އެވެ.

މި މަގާމަށް އައްޔަންކުރުމުގެ ކުރިން ނާހިލް ހުންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަގާމުގައެވެ.

އުމުރުން 24 އަހަރުގެ ނާހިލް އަކީ ކުރިންވެސް އެފްއޭއެމްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އެފްއޭއެމްއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2017 ވަނަ އަހަރުގެ ފެބްރުއަރީގައި އިންޓާންއެއްގެ ގޮތުގައެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީގައި ރަސްމީ ވަޒީފާއެއްގެ ގޮތުގައި އެފްއޭއެމްގައި ފުރަތަަމަ އަދާކުރީ ކޮމްޕްޓީޝަން އޮފިސަރުގެ މަގާމެވެ.

ނާހިލް، އެފްއޭއެމްގެ ވަޒީފާއިން މިއަހަރުގެ ފެބްރުއަރީ މަހު ވަކިވި އިރު އޭނާ ހުންނެވީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ ގޮތުގައެވެ.

ނާހިލް މީގެކުރިން ވަނީ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށާއި މާޒިއާ ސްޕޯޓްސްގެ ޔޫތު ޓީމަށްވެސް ކުޅެފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ވެސް ހާސިލު ކުރައްވާފައިވާ ނާހިލް ވަނީ އޭއެފްސީ އިން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ޕްރޮގްރާމެއް ފުރިހަމަކުރައްވާފަ އެވެ.

އެފްއޭއެމްގެ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި އޭނާ ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައެވެ.

އެފްއޭމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ޖައުޝަން ޝަރީފެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910