ފިނިޕޭޖް

އޭރިކް އާއި ޖެނެޓްގެ 26 އަހަރުގެ ކައިވެނި ރޫޅިއްޖެ

އޭރިކް މެކްކޯމިކް އާއި އަންހެނުން ޖެނެޓް
0%
0%
0%

"ވިލް އެންޑް ގްރޭސް"ގެ އޭރިކް މެކްކޯމިކް، 60،ގެ 26 އަހަރުގެ ކައިވެނި ރޫޅި، އަންހެނުން ވަރިވާން އެދިއްޖެ އެވެ.

ލޮސް އެންޖަލިސްގެ ސުޕީރިއާ ކޯޓްގައި ވަރިވާން އެދުނީ އޭރިކްގެ އަންހެނުން ޖެނެޓް ލީ ހޯލްޑަން މެކްކޯމިކް އެވެ.

ސަބަބަކަށް ބަޔާންކޮށްފައިވަނީ ރަނގަޅު ނުކުރެވޭ ވަރަށް ތަފާތުވުންތައް ހުރި ކަމެވެ. ޖެނެޓް "ސްޕައުސަލް ސަޕޯޓް" ނޫނީ އޭރިކްގެ ކިބައިން ހަރަދު ދިނުމަށްވެސް އެދިފައިވެ އެވެ.

މިދެމަފިރިންގެ ޓީމުން މިކަމާ ގުޅިގެން އެއްވެސް ބަހެއް އަދި ބުނަފައެއް ނުވެ އެވެ.

އޭރިކް އާއި ޖެނެޓް އަލަށް ދިމާވީ 1994 ގައި ސީބީއެސްގެ ޓީވީ ސީރީޒެއް ކަމުގައިވާ "ލޯންސަމް ޑަވް" ގެ ސެޓް ގައެވެ.

އޭރިކް މި ސީރީޒްގައި އެކްޓްކޮށްފައިވީއިރު ޖެނެޓް އަކީ އެ ސީރީޒްގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. ފުރަތަމަ މި ދެމީހުން ވަނީ ލޯބިން ގުޅުނުކަން ސިއްރުކޮށްފަ އެވެ.

މި ދެމީހުން ކައިވެނި ކުރީ އޮގަސްޓް 1997 ގައެވެ. އަދި 2002 ގައި ދަރިފުޅު، ފިނިގަން ހޯލްޑަން ވަނީ ލިބިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910