ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ހޮޑުލާތީ ދޭ ބޭހެއްގައި ކެމިކަލް ހުރުމުން ވިއްކުން މަނާކޮށްފި

ކެމިކަލް ހުރެގެން ވިއްކުން މަނާކުރި "އެމިޑޮން ސަސްޕެންޝަން" ބޭސް
0%
0%
0%

ރާއްޖެ އެތެރެކުރާ ބޭހެއްގައި ނުރައްކާތެރި ދެ ވައްތަރެއްގެ ކެމިކަލް ހުރިކަން ޔަގީންވުމުން އެ ވައްތަރުގެ ބޭސް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

މަނާކުރީ ބޮލަށް އެނބުރުން އަރާތީއާއި ހޮޑުލާތީ ދޭ ބޭހެއް ކަމަށްވާ "އެމިޑޮން ސަސްޕެންޝަން" އެެވެ.

ޕާކިސްތާންގެ ފާމިކްސް ލެބޯޓަރީސްގައި އުފައްދާ މި ބޭހުގައި ހުރިކަން ޔަގީންކުރެވިފައިވަނީ "ޑައިއީތައިލިން ގްލައިކޯލް" އަދި "އިތައިލީން ގްލައިކޯލް" ކެމިކަލް އެވެ.

އެމްއެފްޑީއޭ އިން ވަނީ މިވައްތަރުގެ ބޭހުގެ އެއްވެސް ބެޗެއް އެއްވެސް ބޭނުމެއްގައި ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ. އަދި މިވައްތުރުގެ ބޭސް ރާއްޖޭގައި ހުރިނަމަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމަށްވެސް އެދިފައިވެ އެވެ.

އެމްއެފްޑީއޭ އިން ވަނީ ޕާކިސްތާންގެ ފާމިކްސް ލެބޯޓަރީސްގައި އުފައްދާ އިތުރު ބޭހެއްވެސް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މިމަހުގެ ތެރޭގައި މަނާކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910