ރައީސް މުހައްމަދު ނަޝީދު

އިންޑިއާ އިން ރާއްޖޭގެ ހުރިހާ ޕާޓީތަކާވެސް ގުޅުން ބާއްވަންޖެހޭ: ނަޝީދު

އިންޑިއާ އިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާ ވެސް ގުޅުން ބަދަހިކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ރާއްޖެ އާއި އެކު ސިޔާސީ ދާއިރާއިން ގުޅުންތައް ބިނާކުރުމަށް މިއީ އިންޑިއާއަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އޭގެފަހުގައި ނަޝީދު ވިދާޅުވީ އިންޑިއާ އިން ގުޅުންތައް އުފައްދަންވީ ރާއްޖޭގެ އެންމެ ޕާޓީއަކާ ނޫން ކަމަށާއި ހުރިހާ ޕާޓީތަކާ އެކުވެސް ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ފެންނަނީ އުޖާލާކޮށް ކަމަށާއި އެ ގުޅުމަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖެއާއި އިންޑިއާ އާއި ގުޅޭ މައްސަލަތަކުގައި އިންޑިއާގެ މަސްލަހަތުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ރާއްޖޭގެ އެއް ސިޔާސީ ލީޑަރެވެ.

އިންޑިއާ އާއި ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ވާހަކަދެއްކެވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމާ ހަވާލުވެވަޑައިގަތުމަށްފަހު ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް އެދިވަޑައިގަންނަވަމުންނެވެ.