ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް 26 ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް 26 ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު މިމައުލޫމާތު ހާމަކޮށްފައި މިވަނީ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް ބައެއް ބޭފުޅުން އައްޔަންކޮށް ސޯޝަލްމީޑިއާގައި އެ ބޭފުޅުންނަށް ބައެއް މީހުން މަރުހަބާ ކިޔަމުން ދިޔައިރުވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި އެ މައުލޫމާތު ހާމަކޮށްފައި ނުވާތީ ބައެއް އާންމުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި 26 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 17 ފިރިހެން ބޭފުޅުންނާއި ނުވަޗ އަންހެން ބޭފުޅުންނެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި ބޭފުޅުން

  • ސޯލިހް ހުސައިން - އިކޮނޮމިކް މިނިސްޓްރީ
  • އައިޝަތު ޝަހުދާ އަބްދުﷲ - އިކޮނޮމިކް މިނިސްޓްރީ
  • މުހައްމަދު އައިޝް - އިކޮނޮމިކް މިނިސްޓްރީ
  • އަހްމަދު ސާލިމް ސައީދު - އިކޮނޮމިކް މިނިސްޓްރީ
  • އިބްރާހީމް ޔޫސުފްފުޅު - ޓޫރިޒަމް މިނިސްޓްރީ
  • މުޙައްމަދު ޔާމީން އަހްމަދު - ޓޫރިޒަމް މިނިސްޓްރީ
  • އަހްމަދު ޝާފިއު - ފިޝަރީޒް މިނިސްޓްރީ
  • ހައްމާދު އަބްދުލްކަރީމް - ފިޝަރީޒް މިނިސްޓްރީ
  • ހައްވާ ލަޠީފް - އިސްލާމިކް މިނިސްޓްރީ
  • ސުލްޠާން ރާމިޒް - އެޑިޔުކޭޝަން މިނިސްޓްރީ
  • އަހްމަދު ސާއިދު މުސްތަފާ - ފިނޭންސް މިނިސްޓްރީ
  • ހައްސާނު ހަމީދު - ހޯމްލޭންޑް މިނިސްޓްރީ
  • މުހައްމަދު ރިޝްމީ - ހޯމްލޭންޑް މިނިސްޓްރީ
  • އަހްމަދު އަލީ - ހޯމްލޭންޑް މިނިސްޓްރީ
  • ފާތިމަތު ފަޒުލާ ރަޝީދު - ސްޕޯޓްސް މިނިސްޓްރީ
  • އާމިނަތު ޝަޖަން - ސްޕޯޓްސް މިނިސްޓްރީ
  • ހުސައިން ޝިފާޒު - ސްޕޯޓްސް މިނިސްޓްރީ
  • އައިޝަތު ނާޒިމާ - ސްޕޯޓްސް މިނިސްޓްރީ
  • މަލްޝާ ޝަރީފް - ޔޫތު މިނިސްޓްރީ
  • މުހައްމަދު އިމްރާން ހަސަން - ކޮންސްޓްރަކްޝަން މިނިސްޓްރީ
  • ފާޠިމަތު އިފާޝާ - ކޮންސްޓްރަކްޝަން މިނިސްޓްރީ
  • އާމިނަތު ނަދާ މުހައްމަދު - ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ
  • ޒޫޝާން ކަމާލުއްދީން - ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ
  • މުހައްމަދު އަވާދު އަޔާޒު - ޓްރާންސްޕޯޓް މިނިސްޓްރީ
  • ހައްސާނު މުޙައްމަދު - އެންވަޔަރަންމަންޓް މިނިސްޓްރީ
  • އަލީ އަހްސަން - އިސްލާމިކް މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރުން ތިއްބަވަ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ހެލްތު މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮމަންޓް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ކަލްޗުރަލް މިނިސްޓްރީ، އެގްރިކަލްޗާ މިނިސްޓްރީ އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް އެއްވެސް ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވާފައެއް ނުވެ އެވެ. އަދި ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމަށްވެސް މިހާތަނަށް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެ އެވެ.