އުރީދޫ

އުރީދޫ ފަން ރަންގައި ބައިވެރިވެވޭނީ މާދަމާ ރޭ 12 ޖެހުމާ ހަމައަށް

އުރީދޫ ފަން ރަން 2023 އަށް ރަޖިސްޓާވުމުގެ ފުރުސަތު މާދަމާ ރޭ 12 ޖަހާއިރު ބަންދުވާނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން އަށް ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެންމެ އުފާވެރި ދުވުމެވެ.

މި އަހަރު ބާއްވަން ހަމަ ޖެހިފައިވާ ފަން ރަންގެ ބައިވެރިނަނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫ އިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އުރީދޫ ފަން ރަން ބިބްގައި ނަން ޖެއްސަވާނެ ގޮތް:

  • ރަޖިސްޓާ ކޮށްލުމަށް މޫލީއަށް ޒިޔާރަތްކުރުން
  • ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކުރުން
  • ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރުން
  • ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރުން
  • ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖެހުމަށް ބޭނުންވާ ނަން ނަން (ގިނަވެގެން 7 އަކުރު) ހިމަނާ ދެއްވާ
  • އޯޑަ ކަށަވަރު ކުރުމަށް ފައިސާ ދެއްކުން

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބެހިފައިވޭ

  • 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ
  • 200 ރުފިޔާގެ ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ

އުމުރުން ހަ އަހަރުން މަތީގެ އެންމެންނަށް ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ ހުޅުވާލާފަ އެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މިދުވުން ނިންމޭނެ އެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި އަންނަ މަހުގެ 22ވާ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ހަމަ ޖެހިފައިވެ އެވެ. އަދި ހަވީރު ބޭއްވޭ ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެ އެވެ.