ޑރ. އަބްދުﷲ މައުސޫމް

ޓްރެވަލް ޕާސަނަލިޓީ އެވޯޑް ޑރ. މައުސޫމަށް

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑް ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކާމިޔާބު ކުރައްވައިފި އެވެ.

މި އެވޯޑް ޑރ. މައުސޫމަށް ދީފައިވަނީ ދުބާއީގެ ބުރޫޖު އަލް އެރެބް ހޮޓެލްގައި ރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ހަފުލާގަ އެވެ.

ޑަބްލިއުޓީއޭ އިން ވަނީ ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މައުސޫމް ކުރެއްވި މަސައްކަތް ފާހަގަކުރައްވާފަ އެވެ.

ދުބާއީގައި ރޭ ބޭއްވި ހަފުލާގައި ރާއްޖެއިން ވަނީ ޑަބްލިއުޓީއޭ އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ކާމިޔާބުކޮށްފަ އެވެ. މިއީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއިން މި އެވޯޑް ކާމިޔާބުކުރި ފަހަރެވެ.

މި ހަފުލާގައި ރާއްޖޭގެ ހަތް ރިސޯޓަކުން އެވޯޑް ހާސިލުކޮށްފައިވެ އެވެ.

ޑަބްލިއުޓީއޭއިން ރާއްޖެއަށް ލިބުނު އެވޯޑްތައް

  • ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް 2023 - ހުޅުލެ އައިލެންޑް ހޮޓެލް
  • ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް 2023 - ހޮޓެލް ޖެން މާލެ ބައި ޝަންގްރިއްލާ، މޯލްޑިވްސް
  • ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2023 - ޖޭއޭ މަނަފަރު
  • ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2023 - ވައްކަރު މޯލްޑިވްސް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2023 - ވޮއްމުލި ރިސޯޓް
  • ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް 2023 - ވެލާ ޕްރައިވެޓް އައިލެންޑް
  • ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 - އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑް މޯސްޓް ރޮމޭންޓިކް ރިސޯޓް 2023 - ބަރޮސް މޯލްޑިވްސް

މީގެ އިތުރުން ޑަބްލިއުޓީއޭ އިން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑަކަށް ހޮވިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) އެވެ.