ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ބައެއް ކޮމިޓީތަކާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ބައެއް ކޮމިޓީތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ކުރީގެ ރައީސް ސޯލިހު މިއަދު ވަނީ އެމްޑީޕީގެ ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމިޓީ އަދި ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުންތަކުގެ ތަފުސީލެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ސޯލިހު މި ބައްދަލުކުރެއްވުންތައް ބާއްވާފައި މިވަނީ ކުރިއަށް ދެ އިންތިހާބު އޮއްވަ ޕީއާރް ރަނގަޅުކުރުމުގެ ގޮތުންނެވެ.

އެގޮތުން މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.