ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓުންގެ މަގާމުތަކަށް މީހުން ހޮވަން ވޯޓުލާން ފަށައިފި

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ދައުރުގެ މަގާމުތަކަށް މީހުން ހޮވަން ވޯޓުލާން ފަށައިފި އެވެ.

މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެ އެވެ.

މާލެ ސިޓީގައި ވޯޓުލުން ކުރިއަށް ދަނީ ބިލަބޮންގް ހައި ސްކޫލްގަ އެވެ. ދަ ޑިމޮކްރެޓްސްގެ މަގާމުތަކަށް މީހުން ހޮވުމުގެ ވޯޓުލުން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން 130 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ވަގުތުގެ ކުރިން ވޯޓުލާ ނިމުނުކަމުގައި ވިޔަސް ވޯޓު ގުނަން ފަށާނީ ހަވީރު 4:00 ގެ ފަހުންނެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރައްވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަލް ލަތީފުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.