ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފުލުހުން އެދިގެންނެވެ. އިމިގްރެޝަނުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އެފްއޭއެމްގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުވާ ކުރެވޭ ބޭފުޅުންގެ ތެރޭގައި ބައްސާމް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެފްއޭއެމްއަށް ވަދެ އެތަން ފާސްކޮށްފައިވެ އެވެ.

އެ ތަހުގީގު ހިންގީ ޕީޖީ އޮފީހުގެ އެންގުމަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ ހިންގުން ދޯދިޔާވެ މާލީ ބޮޑެތި މައްސަލަތަކެއް އެ އިދާރާއަށް ވަނީ ކުރިމަތިވެފަ އެވެ.