ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދައުރު މިމަހުގެ 18އާ ހަމައަށް އިތުރުކުރަން ހުށަހަޅައިފި

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލުމަށް މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރުގެ މުއްދަތު އިތުރުކުރި ނަމަވެސް އެ މަސައްކަތްތައް ނިިމިފައިނުވާ ކަމަށެވެ.

ބަޖެޓުގެ ދިރާސާކުރާ ކޮމެޓީގެ މަސައްކަތް ނިންމާ ހިނގަމުންދާ ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓާމެދު ގޮތެއް ނިންމަން ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ މަޖިލީހުގެ މި ދައުރު ދިގުދަންމާލުމަށް ގަސްތުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެގޮތުން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރުމާމެދު ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ މި ދައުރު މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް ފާސްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345