ރައްޔިތުންގެ މަޖިލިސް

ޑިސެމްބަރު 18 އަށް ދައުރު ދިގުދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ

މަޖިލީހުގެ މިދައުރު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމާމެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ފާސްވީ ވޯޓު ދެއްވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް ހުށަހެޅިފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިމެނޭ ގޮތަށް މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރުގެ މުއްދަތު މީގެ ކުރިންވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރަން ފާސްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގަ އެވެ.

ނަމަވެސް މަސައްކަތްތައް ނިމިފައިނުވާތީ ދައުރު 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.

މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345